މިދިޔަ ޖެނުއަރީ މަހު ޕާކިސްތާނުގައި ރޭޕް ކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ޒައިނަބް އަންސާރީގެ ޤާތިލް އިމްރާންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.
ޕާކިސްތާނު ފުލުހުން ހިންގި ތަހުޤީޤަށް އެ ގައުމަށް ނިސްބަތް ވާ އުމުރުން 25 އަހަރުގެ މި ގާތިލު ވަނީ ޒައިނަބުގެ މަރުގެ ހާދިޘާ ހިނގާ ދިޔަގޮތް ކިޔައިދީ، ޒައިނަބުގެ ޤާތިލަކީ އޭނާ ކަމަށް އިޢުތިރާފުވެފައެވެ. އަދި އޭނާ ހަމަ އެކަނި ރޭޕްޮކށް މަރާލާފައިވަނީ ޒައިނަބު އެކަނި ނޫން ކަމާއި އެކި ފަހަރު މަތިން އަށް ކުއްޖަކު ރޭޕްކޮށް މަރާލާފައިވާނެކަން އޭނާ ވަނީ ތަހުގީގަށް ކިޔައިދީފަ އެވެ.
މުޅި ދުނިޔެ ސިއްސުވާލި މި ހާދިޘާއަށް ފަހު ޒައިނަބަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޕާކިސްތާނުގައި ހޫނު މުޒާހަރާތަކެއް ވަނީ ކޮށްފައިވެ އެވެ. އަދި މި މުޒާހަރާތަކުގައި ބައެއް މީހުން މަރުވެފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.
އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ޒައިނަބްގެ ޤާތިލަށް ހުކުމް ތަންފީޒު ކުރެވޭނީ ޢާއްމުންގެ ކުރިމަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް