ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ ތިން އޭޓީއެމް ބީއެމްއެލްއިން ހުޅުވައިފި

ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ ތިން އޭޓީއެމް ބީއެމްއެލް އިން ހުޅުވައިފި އެވެ. މި އޭޓީއެމްތައް ހުޅުވީ ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ބީއެމްއެލް އޭޓީއެމް ސެންޓަރުގައި އެވެ. އޭޓީއެމްތައް ރަ...

18 Feb 2017 | 07:03

ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ ތިން އޭޓީއެމް ބީއެމްއެލް އިން ހުޅުވައިފި އެވެ.

މި އޭޓީއެމްތައް ހުޅުވީ ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ބީއެމްއެލް އޭޓީއެމް ސެންޓަރުގައި އެވެ. އޭޓީއެމްތައް ރަސްމީކޮށް ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އަލަށް ހުޅުވި ޑޮލަރު އޭޓީއެމްތަކުގެ ތެރެއިން ދެ އޭޓީއެމްއަކީ ޑޮލަރު ޖަމާކުރުމަށް ހާއްސަ އެޓީއެމް ތަކެކެވެ. އަނެއް އޭޓީއެމްއަކީ ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމް އެކެވެ. މީގެ އިތުރުން އެ ސެންޓަރުގައި ދިވެހި ފައިސާގެ މުއާމަލާތްތަކަށް ހާއްސަ ތިން އޭޓީއެމް ހުރެ އެވެ.

ބީއެމްއެލް އިން ބުނީ ތަފާސް ހިސާބު ދައްކާގޮތުގައި ޑޮލަރު އޭޓީއެމްތަކުން ގާތްގަނޑަކަށް ލައްކައަކަށްވުރެ ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. މި ސެންޓަރުގެ އިތުރުން މާލޭގައި އެ ކުންފުނީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ހުރީ ބީއެމްއެލް ހެޑް އޮފީހުގައި އެވެ.

އެ ތަނުގައި ދެ އޭޓީއެމް ހުންނަ އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއެއް ހުރެ އެވެ. މީގެ ތެރެއިން ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ދެ އޭޓީއެމްގެ ހިދުމަތް ދޭނީ މިމަހުގެ 25 ގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކުން  ދުވާލަކު ނެގޭނީ 640 ޑޮލަރެ އެވެ. އަދި އަމިއްލަ ފަރާތްތަކަށް 25000 ދިވެހި ރުފިޔާއަށް ވާވަރަށް ޑޮލަރު ޖަމާކުރެވޭ އިރު ވިޔަފާރިތަކަށް 100000 ދިވެހި ރުފިޔާއަށް ވާވަރަށް ޑޮލަރު ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް