މޫސުން ގޯސްވެ ވިއްސާރަވާނެތީ މެޓް އޮފީހުން ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރު އިލްތިމާސްކޮށްފި އެވެ.
ޔެލޯ އެލަޓު ނެރެފައިވަނީ ހުވަ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅު ތަކަށެވެ.
ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން ބުނީ ރައްކާތެރިކަމުގެ ވިޔަފަޅު އެޅުމުގެ ގޮތުން ގެދޮރަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅުމުގެ ގޮތުން ގޭގެދޮރުމަތީ ވެލިބަސްތާ ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް އެދޭ ކަމަށެވެ.
ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ވާ ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތެއް ހަދައި ގުގުރާ ވަގުތު ކަރަންޓުން ބޭނުން ކުރާ ސާމާނު ނިވާލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ޑިޒާސްޓާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.
މެޓް އޮފީހުން ބުނީ މިއަހު ހެނދުނު 9:00 ން މެންދުރު 1:00 އާއި ދެމެދު އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް