މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އޮތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
ޔެލޯ އެލާޓު ނެރެނީ ރައްކާތެރިކަމުގެ ވިޔަފަޅު އެޅުމަށް ހަނދާން ކޮށްދީ، ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކަމަކު އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ ހެނދުނު 9:00 ން މެންދުރު 1:00 އަށެވެ.
މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގަ މިދިޔަ ހަފްލާގައި ވަނީ އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެއަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފައި އެވެ.
އުދަ އަރައި ބައެއް ރަށްރަށް ގެއްލުން ވެފައިވާއިރު އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް މިހާރުވެސް ވަރަށް ގަދަ އެވެ. މެޓް އޮފީހާއި އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ ކަނޑުދަތުރު ކުރުމުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް