ރޭޕްގެ ތުހުމަތަށް ކުޑަކުއްޖާގެ ކާފަ މުދިންކަމުގެ ވަޒީފާއިން ސަސްޕެންޑުކޮށްފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ކާފަ ކަމަށްވާ ކަނޑުހުޅުދޫ މިސްކިތުގެ އިމާމު އިބްރާހިމް ދީދީ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވ...

18 Jan 2020 | 16:12

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ކާފަ ކަމަށްވާ ކަނޑުހުޅުދޫ މިސްކިތުގެ އިމާމު އިބްރާހިމް ދީދީ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުޑަކުއްޖަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން ގއ. ކަނޑުހުޅުދޫ ރިހިވެލި އުމުރުން62 އަހަރުގެ އިބްރާހިމް ދީދީ އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ވާ ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

https://twitter.com/MVIaffairs/status/1218555040996003841

ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ކުޑަކުއްޖާއަށް ކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވަނިކޮށް އިސްލާމިކް މިނިސްޓްރީން އޭނާ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި ސަސްޕެންޑު ކުރުމަކީ އެންމެ އެކަށީގެންވާ ފިޔަވަޅު ނޫންކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް