ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ. އެ މައްސަލައާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި...

18 Jan 2020 | 11:45

ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.

އެ މައްސަލައާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އެކަން ރޭ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ 5 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ 56 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިހާރު އެ ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރޭ ރިޕޯޓް ކޮށްފައިވާއިރު، މީގެ ދެދުވަސް ކުރިން ވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ތިން ފިރެހެނުން ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ފެންމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް