ސިފައިންގެ ދެ މީހަކު 15 އަހަރުގެ އަންހެން ކުއްޖަކުު ރޭޕްކުރި މައްސަލައެއް އެމްއެންޑީއެފަށް ހުށަހަޅާފައި ނުވާ ކަމަށް އެ މުވައްސަސާއިން ބުނެފިއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ
އެ މައްސަލާގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖާގެ މަންމަ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކޮޅެއްގައި ނުޖެހުމުން ރޮޒައިނާ އިސްނަންގަވައިގެން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސް މައްސަލަ ހުށަހެޅުުއްވިކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާއި ހިއްސާކޮށްފައެއް ނުވާކަމަށެވެ.
އެ މައްސަލާގައި އެމްއެންޑީއެފްއިން ރޮޒައިނާއާއި ފުލުހުންނާ، ގުޅުމުން، ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައެއް ނުވާކަން ވެސް އެމްއެންޑީއެފްއިން ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް