އިންސާނެއްގެ ކަށިގަނޑެއް ރިސޯޓަކަށް ލައްގައިފި

އިންސާނެއްގެ ބޮލުގެ ބަޔަކާއެކު ހިމެނޭ ކަށިގަނޑެއް ރިސޯޓަކަށް ލައްގައިފިއެވެ. އެކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި ނ. ކުޑަފުނަފަރުގައި ހިންގާ...

18 Jan 2020 | 10:35

އިންސާނެއްގެ ބޮލުގެ ބަޔަކާއެކު ހިމެނޭ ކަށިގަނޑެއް ރިސޯޓަކަށް ލައްގައިފިއެވެ.

އެކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި ނ. ކުޑަފުނަފަރުގައި ހިންގާ ނޮކް މޯލްޑިވްސް ރިސޯޓްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައިވާތީ އެކަން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގު ޓީމެއް އެ ރިސޯޓަށް ދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

އިންސާނެއްގެ ހަަށިގަނޑުގެ ބައެއް އެ ރިސޯޓަށް ލައްގާފައިވާއިރު، މިމަހު ވަނީ ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި ދެ ހާދިސާއެއްގައި ދެމީހަކު ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް