ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން ކުއްޖާގެ ބައްޕައަށް ޖިންސީ ގޯނާގެ ތުހުމަތު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ.
ފުލުހުން ރޭ ނެރެފައިވާ ބަޔާނެފައި ބުނެފައި ވަނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުއްޖާގެ ބައްޕަ ފަރާތު ކާފައަށް ކުރެވޭ ކަމަށާއި މުނިކާފައަށް ކުރެވެނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެއް ކަަމަށެވެ.
އެ ކުއްޖާގެ ބައްޕަގެ މައްސަލައަކީ ނުރައްކާތެރި މާހައުލެއްގައި ކުއްޖާ ހުރުމުން އެ ކުއްޖާގެ މަންމަ ކައިރިއަށް ފޮނުވާލަން އާއިލާގެ ފަރާތުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިނުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް