މިހާރު ސިނަމާތަކުގައި ދައްކަމުންދާ ދީޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެންދާ "ޗަޕާކް" ބެލުންތެރިންނަށް މާ ކަމުދާ ފިލްމަކަށް ނުވި އެވެ.
އެސިޑް ހަމަލާގެ ޝިކާރަކައަކަށްވި ލަކްޝްމީ އަގަރްވާލް އިންސާފު ހޯދުމަށް ކުރި މަސައްކަތް ދައްކުވައިދޭ މި ފިލްމު ރިލީޒް ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ފިލްމުގައި ދީޕިކާ އާއި އެކު ފެނިގެންދަނީ ވިކްރަންތް މާސޭ އެވެ.
ފިލްމު ރިލީޒް ކުރިތާ އެއް ހަފްތާވީއިރު ފިލްމަށް މިހާތަނަށް ލިބުނީ26.75 ކްރޯޑް ރުޕީސް އެވެ. ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި ފިލްމަށް35 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށްވެސް ލަފާ ނުކުރެވެ އެވެ.
މި ފިލްމު ރިލީޒް ކުރި ދުވަހު ކޮށްފައިވާ ރިޕޯޓުތަކުގައި ވަނީ ފިލްމަކީ ބެލުންތެރިން އުންމީދު ކުރިވަރުގެ އަދި ބޮލީވުޑްގައި ވަރަށް ހިނގާނެ ކަމަށް ބެލެވުނު ފިލްމެކެވެ.
އެކަމަކު ސްކްރިޕްޓް ވަނދުވުމާއި ޑައިރެކްޝަން ވެސް ވަރަށް ފީކަޅާއެވެ. އަދި މި ސަބަބުތަކާ ހެދި ދީޕިކާ އަށް ވެސް އޭނާގެ ހުނަރު އެންމެ ރަނގަަޅަށް ދެއްކިފައިނުވާ ކަމަށާއި ލަކްޝްމީގެ ވާހަކަ އަށް "ޗަޕާކް" އެހާ ޝައުގުވެރި ގޮތަކަށް ފިލްމުގައި އިންސާފުކޮށް ދެވިފައި ނުވާ ކަމަށެވެ.
"ޗަޕާކް" އާ އެއް ދުވަހެއްގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ތާނަޖީ: ދި އަންސަންގް" އަށް ދަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ. އެ ފިލްމަށް މިހާތަނަށް200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް