ރިހާނާ އޭނާގެ ބައްޕައާއި ދެކޮޅަށް ދައުވާކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ، އޭނާގެ ބައްޕައާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރިހާނާ އެފަދަ މައްސަލައެއް ހުށަހަޅާފައިވަނީ "ފެންޓީ އެންޓަޓެއިންމެންޓް...

18 Jan 2019 | 15:10

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ، އޭނާގެ ބައްޕައާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރިހާނާ އެފަދަ މައްސަލައެއް ހުށަހަޅާފައިވަނީ "ފެންޓީ އެންޓަޓެއިންމެންޓް ޓެލެންޓް އެންޑް ޕްރޮޑަކްޝަންގެ" ނަމުގައި އޭނާގެ ބައްޕަ އާއި އަދި އިތުރު ދެމީހަކު ގުޅިގެން ކުންފުންޏެއް ހިންގަމުން އަންނައިރު އެ ކުންފުންޏަކީ ރިހާނާ އާއި ގުޅިގެން ހިންގަމުން އަންނަ ކުންފުންޏެއް ކަމުގައިބުނެ މީސް މީހުން އަތުން ކޮންޓްރެކްޓްތައް ނަގާތީއެވެ. އެ ނަން ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާތީއެވެ.

ރިހާނާގެ ފުލް ނަމަކީ ރޮބީން ރިހާނާ ފެންޓީ އެވެ. އޭނާގެ ބައްޕަ ރޮނާލްޑް ފެންޓީ އަންނަނީ ޝޯތަކުގައި ރިހާނާ ބައިވެރިވާނެ ކަމަށް ބުނެވެސް ކޮންޓްރެކްޓްތައް ހޯދަމުންނެވެ. އެގޮތުން ލެޓިން އެމެރިކާގައި 15 ޝޯއެއް ރިހާނާ އާއެކު ބާއްވާނެ ކަމަށް ވައުދުވެ 15 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހޯދާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރިހާނާ އަންނަނީ "ފެންޓީ" މި ނަމުގައި ކޮސްމެޓިކްސް ބްރޭންޑެއް ހިންގަމުންނެވެ. ނަމަވެސް ރިހާނާ ބުނެފައިވަނީ އޭނާގެ ބައްޕަގެ ކުންފުންޏާއި އޭނާ އާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް