ޒިނޭއަށް ހިތްވަރުދިނުމަކީ އެއްގޮތަކަށްވެސް ބާރުއަޅާ ކަމެއް ނޫންކަމުގައި ދިވެހި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކެމްޕޭނު ޖަލްސާއެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން، އެ ވާހަކަފުޅަކީ ޒިނޭ ކުރުމަށް ހިތްވަރު ދިނުމަށް ދެއްކެވި ވާހަކަފުޅެއްކަމަށްބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.
ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކައިވެނިން ބޭރުން ދަރިން ލިބި، އެކުދިންނަށް ލިބޭ ނިކަމެތިކަމާއި، ބާރުގަދަ މަސްތުވާތަކެތު ބޭނުންކުރުމާ އޮތް ގުޅުމާއި ގުޅޭ ގޮތުން "އަޅުގަނޑު" ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާނަމަ އެކަމަށް މައާފަށް އެދެން ކަމަށެވެ.
ކެމްޕޭނު ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ނުވިހާ އޮޕަރޭޝަން ކުރެވެން އޮންނަނީ ވެސް މީހަކާ ކައިވެނި ކުރުމުން އެކަނި ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް