މެދުއިރުމަތިން ފެށިގެން، އޭސިއާ ޔޫރަޕް އަދި ދުބާއީގައިވެސް މަގްބޫލް، ކޮސްމެޓިކްސް ބްރޭންޑެއް ކަމުގައިވާ ޕައިސް ކޮސްމެޓިކްސް، ޕޮއިސް އިން އަންނަނީ ރާއްޖޭގައި ވިއްކަމުންނެވެ. މި ބްރޭންޑަކީ ލިޕްސްޓިކާއި ފައުންޑޭޝަން އަދި ޕައުޑާއިން ފެށިގެން ކޮސްމެޓިކްސްގެ ގިނަ ރޭންޖްތަކެއް ހިމެނޭ ބައިނަލްއަގްވާމީ ފެންވަރުގައި މަގްބޫލު ބްރޭންޑެކެވެ.
އެގޮތުން ޕޮއިސް އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޕައިސް ބްރޭންޑްގެ ކޮސްމެޓިކްސް އަކީ ޕޮލެންޑްގެ، ހާއްސަ ކޮލިޓީ ބްރޭންޑެކެވެ.
"ކޮންމެ މީހަކުވެސް މޭކަޕެއް ކުރަނީ ވަގުތީ ލުކަކަށް، އެހެނަސް ގިނަ ފަހަރަށް މި ވާގޮތަކީ ވަގުތީ ލުކަކަށް ކޮށްލާ މޭކަޕަކުން ހަންގަނޑަށް ދާއިމީ ގެއްލުމެއް މި ލިބެނީ، ޕައިސް ބްރޭންޑަކީ މިކަމަށް ސަޅި ހައްލަކަށް ވެގެންދާނެ، އެއީ މި އުފެއްދުންތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިހުންނަނީ ޕިޔޯ ނެޗުރަލް އިންގްރިޑިއެންޓްސް" ކޮސްމެޓިކްސްގެ މި ބްރޭންޑާއިމެދު ޕޮއިސް އިން ބުނެ އެވެ.
ޕައިސް ބްރޭންޑްގެ ދަށުން އެންމެ ފަހުން ނެރުނު ލިޕްސްޓިކަކީ "އާގަން" ހިމަނައިގެން އުފައްދާފައިވާ އުފެއްދުމެކެވެ. އާގަންގެ ސަބަބުން ތުންފަތުގެ ހަންގަނޑު މަޑުކޮށްދީ "ސޮފްޓް" ކަން މަތީގައި ދަމަހައްޓައިދެ އެވެ. އަދި އާގަންގެ ސްބަބުން ރީތި "އޮއިލް ލުކެއް" ގިނަ އިރުތަކެއް ވަންދެން ހުރެ އެވެ. މިއީވެސް ގުދުރަތީ މާއްދާތައް އެކުލަވާލައިގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ.
ޕައިސް ބްރޭންޑްގެ ފައުންޑޭޝަން އަށް ބަލާލާއިރު، މެޓް ފައުންޑޭޝަނުން ފެށިގެން އާދައިގެ ފައުންޑޭޝަނާއި ހަމައަށް މި އުފެއްދުމުގައި ހިމެނޭ ކަމަށާއި ދިވެހިންގެ ހަންގަނޑާއި ގުޅޭ ހުރިހާ ޝޭޑެއްވެސް ހިމެނޭ ކަމުގައި ޕޮއިސް އިން ހާމަކުރެ އެވެ.
މީގެ އިތުރުން ޕޭޝް ބްރޭންޑްގެ ހުރިހާ އުފެއްދުމެއްގައިވެސް 10 އިންސައްތައާއި ހަމައަށް ޑިސްކައުންޓް އަޅުވާފައިވާއިރު ދިވެހި ކަނބަލުންނަށް އެންމެ ކަމުދާ މި ބްރޭންޑް އަބަދުވެސް ހެޔޮ އަގެއްގައި ޕޮއިސް ފިހާރައިން ލިބޭނެ ކަމުގައިވެސް ޕޮއިސް ފިހާރައިން ހާމަކުރެ އެވެ.
މަޖީދީ މަގުގައި ހުންނަ ޕޮއިސް ޕާފިއުމްސް އިން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ މޭޑަލިން، ރެވެލޯން އަދި މެކް ބްރޭންޑްގެ އުފެއްދުންތައް ވެސް ވިއްކަމުންނެވެ.
https://www.youtube.com/watch?v=hFHkJZD5xq0
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް