އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި.

މިދިޔަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ. މިއަދު ސްކޫލްތަކުން ނަތީޖާ ދޫކުރަން ފެށި އިރު މިދިއަ އަހަރުގެ އޯލެވެލްގައި 7،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރި...

18 Jan 2018 | 05:29

މިދިޔަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

މިއަދު ސްކޫލްތަކުން ނަތީޖާ ދޫކުރަން ފެށި އިރު މިދިއަ އަހަރުގެ އޯލެވެލްގައި 7،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދަރިވަރުންނާ ހަމައަށް މިއަދުން ފެށިގެން ދޭން ވަނީ ފަށާފަ އެވެ. މާލޭގެ ސުކޫލުތަކުންނާއި ރާއްޖެތެރޭ ސުކޫލުތަކުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށާއި އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ނަތީޖާ ދޫކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް ނަތީޖާ ދޫކުރާނެ އެވެ. އަދި އިމްތިހާނު ހެދި ސެންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު 1:30 އާ ހަމައަށް އިމްތިހާނުގެ ނަތީޖާ ޝީޓު ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ސްކޫލުތަކުން 5،500 އަށް ވުރެ ގިނަ ދަރިވަރުންނާއި އަމިއްލަ 52 ސެންޓަރަކުން 1،538 ދަރިވަރުން ބައިވެރިވެފައިވެއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް