ބާރްތީއަށް ފުރަތަމަ ދަރިފުޅު ލިބެނީ، މިހާރު ބަނޑަށް ފަސް މަސް!

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް އާއި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ. ބާރްތީ ސޯޝަލް މީޑިއާގައި ބަނޑުބޮޑުކަން ރަސްމީކޮށް ...

17 Dec 2021 | 15:36

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް އާއި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

ބާރްތީ ސޯޝަލް މީޑިއާގައި ބަނޑުބޮޑުކަން ރަސްމީކޮށް ހާމަކޮށް ބުނެފައިވަނީ މިހާރު އޭނާގެ ބަނޑަށް ފަސް މަސް ކަމަށެވެ. އޭޕްރިލް މަހު ވިހާނެ ކަމަށާއި މިހާ ދުވަހު އެކަން ހާމަ ނުކުރީ އާއިލާއިން އެކަމަށް އެދުމުން ކަމަށެވެ.

އާއިލާ ބުނެގެން ބަލިވެ އިންކަން ސިއްރު ކޮށްގެން އުޅުނު އިރު ބާރްތީ ބުނީ ބަނޑުބޮޑުވިކަން އާއިލާއަށް އެންގީ ތިން މަސް ފަހުން ކަމަށެވެ.

އަބަދުވެސް ޖޯކު ވާހަކަ ދައްކާ ބާރްތީ ބުނީ އޭނާއަށް ވުރެ ދަރިފުޅުގެ މަންމައަށް ވާނީ ފިރިމީހާކަމަށް ބެލެވޭ ކަމަށާއި މިހާރުވެސް ހަރްޝް ވަރަށް ބަދަލުވެ އިތުރަށް އޭނާއަށް އަޅާލައި އޯގާތެރިވަމުންދާ ކަމަށެވެ. އޭނާ ބުނީ ހަރްޝް އެހެން އުޅޭތަން ފެނުމުން ވަރަށް ރީތި ކަމަށެވެ.

މި ދުވަސްވަރު ދެމީހުން އެކުގައި މަސައްކަތް ކުރަމުންދަނީ ކަލާޒްގެ "ހުނަރް ބާޒް- ދޭޝް ކީ ޝާން" ގައި އެވެ. ބާރްތީ ބުނީ ބަނޑުބޮޑު އިރު ފިރިމީހާ އާއި އެކު މަސައްކަތް ކުރެވޭތީ ހިތް ހަމަޖެހޭ ކަމަށާއި ބޭނުންވަނީ ނުވަ މަސް ވަންދެން މަސައްކަތް ކުރަން ކަމަށެވެ.

އޭނާ ބުނީ ވިހެއުމަށް ފަހު ދަރިފުޅާއި އެކު ވަގުތު ހޭދަ ކުރަން ދިގު ޗުއްޓީއެއް ނެގޭނީ ވިހަންދެން ދެމީހުން ބުރަކޮށް މަސައްކަތް ކުރުމުން ކަމަށެވެ.

މި ދެމަފިރިން ވަރަށް އަވަހަށް ދަރިއަކު ހޯދާނެކަމަށް މިދިޔަ އޮކްޓޯބަރު މަހު ބުނެފައިވެ އެވެ. ބާރްތީ ވިހާނެ ކަމަށް ލަފާކޮށް ބުނެފައިވާ ތާރީހަށް ބަލާއިރު އޭރު އެވާހަކަ ދެއްކި އިރުވެސް އޭނާ ބަނޑުބޮޑެވެ.

ބާރްތީ ބުނީ މިދިޔަ އަހަރު ދަރިއަކު ނުހޯދީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ.

ބާރްތީ އާއި ހަރްޝް ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް