ޖަޕާނުގެ ސިޓީއެއްކަމަށްވާ އޮސާކާގެ އިމާރާތެއްގައި މީހަކު އަލިފާން ރޯކޮށްލި ހާދިސާގައި 27 މީހުން މަރުވެއްޖެ އެވެ.
ޖަޕާނު ފުލުހުން ބުނީ އެމީހާ އެތަނުގައި ރޯކޮށްލީ ގަސްދުގައިތޯ ނުވަތަ އޮޅިގެންވީ ކަމެއްތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެމީހާ އަލިފާން ހިފާޒާތުގެ ދިޔާ އެއްޗެއް ހުރި ފުޅިއެއް ހިފައިގެން އިމާރާތައް ވަންނަތަން ފެންނައިރު އެމީހާ އެ ފުޅި ހިފައިގެން ދަނިކޮށް ހީޓަރެއްގެ ކައިރިއަށް އެ އެއްޗެހިތައް އެޅުމާއި އެކު އެތަނުގައި ހުޅު ހިފަ އެވެ.
މިހާދިސާގައި މަރުވި މީހުންނަކީ އިމާރާތުން ނުނުމެވި ތަށިވި މީހުންނެވެ. އެމީހުން މަރުވި ކަމަށް ހޮސްޕިޓަލުން އާންމު ކުރި ރިޕޯޓުގައި ވަނީ ދުމުގެ އަސަރުކޮށްގެން ހާޓްއެޓޭކު ޖެހިގެންނެވެ. އެ އެންމެންވެސް މަރުވެފައިވަނީ އިމާރާތުން ނެރެ ފަރުވާ ދެމުންދަނިކޮށެވެ.
މަރުވި އެންމެންނަކީ އެ އިމާރާތުގެ ހަތަރު ފަންގިފިލާގައި ހުރި ކްލިނިކެއްގައި ތިބި މީހުންނެވެ.
މި ހާދިސާގައި އަލިފާން ރޯކޮށްލި ކަމަށް ބެލެވޭ މީހާވެސް ވަރަށް ސީރިއަސް ހާލަތެއްގައި އޮއްވަ ހޮސްޕިޓަލަށް ގެންގޮސްފަވެ އެވެ. އޭނާ ގަސްދުގައި ރޯކޮށްލިކަން ސާފު ނުވަނީ އެހެންވެ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި އަލިފާން ނިއްވާ މީހުން އެ ސަރަހައްދަށް އެޓެންޑުވިލެއް އަވަސް ކަމުން އިމާރާތައް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް