އިންޑިއާއިން ރާއްޖެއަށް ލައްގާ ކާށިން އުނދަގުލާ ކުރިމަތިވަމުން އަންނަކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފި އެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ކ. ތުލުސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ޤައުމުން ބޭރުކުރުމަށް ގޮވާލައްވާފަ އެވެ. އަދި އިންޑިއާގެ ސިފައިންގެ އުނދަގޫ ޤައުމުން ނުފިލައިގެން އުޅޭކަމަށް ވެސް ވިދާޅުވި އެވެ.
ޖަލު ބަންދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގެން އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އިންޑިއާ އައުޓް ހަރަކާތް ދަނީ ކުރިއަށް ގެންދަވަމުން ނެވެ. އަދި މި ހަރަކާތުގައ ގިނަ ޢަދަދެއްގެ ބަޔަލު ދަނީ ބައިވެރިވަމުން ނެވެ.
ރައީސް ޔާމިން އިސްކޮށް ހުންނަވާ ފައްޓަވާފައިވާ މި ދަތުރުފުޅުގައި އެންމެފުރަތަމަ ރަށަކަށް އިއްޔެ ވަޑައިގެންނެވީ މާލެ އަތޮޅު ގުރައިދޫ އަށެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާ ގޮތަށް ކުރިން އޮތީ ފ. ނިލަންދޫ އިންނަމަވެސް ހަފްތާ ބަންދުގައި އެ އަތޮޅުގެ މޫސުން ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ މާލެއާ ކައިރިން އަތޮޅު ތެރޭގެ ދަތުރުތައް ފެށުމަށް ނިންމީ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް