ހުޅުމާލޭ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 34 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފި އެވެ.
އެގްޒިމް ބޭންކުން ވަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުންތައް ނިންމާފައެވެ.
މި ފައިސާގެ ތެރެއިން ދޫކުރި 34 މިލިއަން ޑޮލަރަކީ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދޫކުރި ފައިސާ އެވެ.
މި ފައިސާ އިން ދެ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށިގެން ދާނެއެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ކުރިއަށް ގެންދާ 2000 ސޯޝަލް ހައުސިން ޔުނިޓުގެ ދެ ޕްރޮޖެކްޓެކެވެ
އެގޮތުން މި ފްލެޓްތަކުގެ މަސައްކަތް ކުރާނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އިން ކަމުގައި އިންޑިއާ ހައި ކޮމިޝަނުން ހާމަ ކުރެއެވެ. އަދި މިއީ ރިއަލް އެސްޓޭޓާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ތަޖުރިބާހުރި ދެ ކުންފުނި ކަމުގައި އިންޑިއާގެ ހައި ކޮމިޝަނުން ފާހަގަ ކޮށްފައި ވެއެވެ.
ހައުސިން މަސަައްކަތަށް ސައިޓްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލު ކުރެވި ވަގުތީ ތައްޔާރީތަކުގެ މަސައްކަތް ފަށާފައެވެ. އަދި މި އިމާރާތްތަކުގެ އާކިޓެކްޗަރަލް ޑިޒައިންގެ ތަފްސީލީ ކުރެހުންތައް މިހާރު ދަނީ ދިވެހި ސަރުކާރުގެ އިދާރާތަކާއި އެކު ފައިނަލައިޒް ކުރަމުންނެވެ.
މިގޮތުން މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރި އާއި ދެ ފާހާނާގެ 1200 ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް