ހިޔާ ފްލެޓުތަކުގެ ކަންކަމާއިގުޅޭގޮތުން ހިޔާ ޔޫނިއަނުން އެޗްޑީސީ އާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ހިޔާ ޔޫނިއަނުން ބުނީ މި ބައްދަލުކުރުން އޮތީ 16 ޑިސެމްބަރ ވީ ބުރާސްފަތި ދުވަހު މެންދުރު އެޗް.ޑީ.ސީ ހެޑް އޮފީހުގައި ކަމަށެވެ.
ހިޔާ ޔޫނިއަންގެ ރައީސް، ނައިބު ރައީސް، ޖެނެރަލް ސެކްރެޓަރީ އަދި ފައިނަންސް އޮފިސަރ ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް މަޝްވަރާކޮށް އެކަމަށް ސަރުކާރަށް ހުށައަޅަންޖެހޭ ލިޔުންތަށް ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް އެޗް.ޑީ.ސީ އިން ވަނީ ބުނެފަ އެވެ. އަދި ޓަވަރުތަކުގައި ދިމާވަމުން އަންނަ އެކިކަހަލަ މައްސަލަތަށް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހިޔާގެ މަޝްރޫއު އަކީ އެހެނިހެން ހައުސިންގ ޕްރޮޖެކްޓްތަކާއި ޚިލާފަށް މުޅިން އައު ކޮންސެޕްޓެއްކަށް ވުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށް ވެސް ވަނީ އެޗް.ޑީ.ސީ އިންވަނީ ފާހަގަ ކޮށްފަ އެވެ.
މިގޮތުން ފެންދޫކުރާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފެން ކަނޑާލަން ޖެހުން ވެގެން ދާނީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ވަރަށް ބޮޑު ދައްޗެއް ކަމުގައި ވެސް ބުނެފައި ވެއެވެ.
އެޗް.ޑީ.ސީގެ ކޮމިޔުނިޓީ އަދި ޕްރޮޖެކްޓްސް ޑިޕާރޑްމަންޓްގެ އިތުރުން އެސްޓޭޓް އިން ބައިވެރިވި މި ބައްދަލު ވުމުގައި އިތުރަށް ބުނެފައިވަނީ ހިޔާ ސަރަހައްދުގައި ހިމެނޭ މަގުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެގްރިގޭޓް ފަދަ މުހިންމު ސާމާނާއި ޓެކްނީޝަނުން މިހާރު ވަނީ ހަމަވެފައިވާ ކަމަށެވެ.
ލަފާކުރެވޭ ގޮތުގައި ޖެނުއަރީ 2022 ގައި މަސައްކަތް ފެށިގެން ދާނެ އެވެ. އަދި މިހާރުޕަބްލިޝްކުރެވިފައިވާ އޮންލައިން ފޯމްގައި ހުރި ބައެއްކަންކަން ހިޔާ ޔަުނިއަން އިން ފާހަގަކުރުމުން އެކަންކަމާއިމެދު މަޝްވަރާކުރެވި އެފޯމު އަލުން ރިވިއުކޮށް ރަނގަޅު ކުރާނެ ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެފާވާކަމަށް ހިޔާޔޫނިއަނުން ބުނެ އެވެ.
ހިޔާ ޔޫނިއަންއިން މިވަގުތުކުރިއަށްރޭވިފައިވާ ކަންކަމުގެ ތެރޭގައި ހިޔާ ޔޫނިއަނުން އިސްނަގާގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަވައްޓެރި ފުލުހުންނާ ގުޅިގެން ހިޔާގައި ދިރިއުޅޭ ހިޔާގެ ވެރިންނާއި ބައްދަލު ކުރުމަށް ވަނީ ރޭވިފަ އެވެ. މި ބައދަލުކުރުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި މިކަމަށް ނަގަންޖެހޭ ހުއްދައަށް އެދި އެޗް.ޑީ.ސީ އަށް ފޮނުވާފައި ވާނެކަމުގައި ޔޫނިއަނުން ވާނީ ބުނެފަ އެވެ.
މި ބައްދަލުވުމަކީ ހިޔާ ޝަހަރުގައި ދިމާވަމުންއަންނަ އިޖްތިމާޢީ މައްސަލަތަކާއި އަދިވެސްހުރި އެހެނިހެން ކަންކަމުގައި ހިޔާގެ ވެރިންގެ ޚިޔާލު ހޯދާލުމަށް ބާއްވާ ބައްދަލުވުމެއްކަމުގައި ވެސް ހިޔާ ޔަުނިއަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް