އެމްޕީއެލްގެ ޗެއާމަނަކަށް ސެންކޯ ޝަރީފު ހަމަޖައްސައިފި

މޯލްޑިވްސް ޕޯޓްސް ލިމމިޓެޑް (އެމްޕީއެލް) ގެ ޗެއާމަނަކަށް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ) އަންޔަން ކޮށްފި އެވެ. އެމްޕީއެލްއިން ބުނީ އެމަގާމަށް ސެންކޯ ޝަރީފު ހަމަޖެއްސެވީ އިއްޔެ ކަމަށެވެ. މިހާތަނަށް...

17 Dec 2021 | 06:55

މޯލްޑިވްސް ޕޯޓްސް ލިމމިޓެޑް (އެމްޕީއެލް) ގެ ޗެއާމަނަކަށް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ) އަންޔަން ކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ އެމަގާމަށް ސެންކޯ ޝަރީފު ހަމަޖެއްސެވީ އިއްޔެ ކަމަށެވެ. މިހާތަނަށް އޭނާ ހުންނެވީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުގައި އެވެ.

އެމްޕީއެލްގެ ޗެއާމަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) 2020 ވަނަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ. ނަޒާކީ ޒަކީ އިސްތިއުފާ ދެއްވީ، އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ ކަމަށް ބުނާ އަށް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ސަމާލުކަމަށް ގެނައުމަށް ފަހު އެވެ.

އަލަށް އައްޔަން ކުރި އެމްޕީއެލްގެ ޗެއާމަން ޝަރީފު މީގެ ކުރިން އަދާ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ޗެއާމަންކަން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް