މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:21 ގައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މެހެލި ގޯޅީގައި އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ހަމަލާދިން ސަރަހައްދުގެ ބައެއް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި ގެއެއްގެ ދޮރުމަތިން ހިޔާކޮށްފައި އޮތް ތަނެއްގެ ތެރޭ އޮތީ ހަމަލާގައި ޒަހަމްވި މީހާގެ ލެއިން ކޯރު ހެދިފަ އެވެ. އެ ގޭގެ ފާރުގައި ވެސް ލޭ ހޭކިފައި ހުރިއިރު މަގުމަތީގެ އެކި ތަންތަނުން ވެސް ލޭގެ އަސަރު ފެންނަން އެބަ ހުއްޓެވެ.
އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް