މިއަހަރުގެ މިސް ވޯލްޑް ހޮވުން ފަސްކޮށްފި އެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ކެރީބިއަންގެ ރަށެއް ކަމަށްވާ ޕުއާޓާ ރިކާގައި އެވެ. މިސް ވޯލްޑުގެ ފިނާލޭ ބޭއްވުމަށް ހަމަޖައްސާފައި އޮތީ އިއްޔެ އެވެ.
މިސް ވޯލްޑު އޮގަނައިޒިން ޓީމުން ހާމަ ކުރި ގޮތުގައި ސިއްހީ ސަބަބުތަކާއި ގުޅިގެން ފަސް ކުރި ފިނާލޭ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ތާރީހެއް އިއުލާނު ކުރެވޭވަރުވާނީ ކުރިޔަށް އޮތް 90 ދުވަސް ތެރޭގައި ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކްރޫއިންނާއި ބައިވެރިން ހިމެނޭ ގޮތަށް މިހާތަނަށް މިސް ވޯލްޑު 2021 ގެ 17 މީހަކަށް ކޯވިޑް ޖެހިފައި އެބަތިއްބެވެ. އަދި އިތުރު މީހުން ޕޮސިޓިވްވުމުގެ ފުރުސަތު އެބައޮތް ކަމަށްވެ އެވެ.
މިސް ވޯލްޑު ޓީމުން މިހާރު ވަނީ މުބާރާތް ކުރިޔަށް ގެންދާ ސްޓޭޖާއި ޑްރެސިން ރޫމްތަކާއި އެނޫންތަންތަން ޑިސްއިންފެކްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފަ އެވެ.
މިސް ވޯލްޑް 2021 މިއަހަރު މި ބާއްވަނީ ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު މުބާރާތް ނުބާއްވާ އޮތުމަށް ފަހު އެވެ. މިއަހަރު ހޮވާނީ 70 ވަނަ މިސް ވޯލްޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް