ވައިކަރަދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން އިތުރުފަރުވާއަށް މާލެ ގެނެސްފި

ހދ. ވައިކަރަދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ޗާޓަރު ފްލައިޓެއްގައި އިތުރުފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ. ރޭ 19:01 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 48 އަހަރުގެ ފިރިހެނަކަށާއި...

17 Dec 2019 | 15:14

ހދ. ވައިކަރަދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ޗާޓަރު ފްލައިޓެއްގައި އިތުރުފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

ރޭ 19:01 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 48 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ.

މީގެ ތެރެއިން 48 އަހަރުގެ މީހާގެ ބޯފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

އެންމެ ފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ ވައިކަރަދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ފަހުން އޭނާއަށް ފަރުވާދިނީ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

20 އަހަރުގެ މީހާގެ މޭކަށިގަނޑަށް ގެއްލުންތަކެއް ލިބިފައިވާ އިރު، އޭނާއަށް ފަރުވާދިނީ ވައިކަރަދޫ ސިއްހީ މަރުކަޒުގައެވެ.

މި ދެމީހުންގެ އަތުގައިވެސް ލައިސަންސް ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ވައިކަރަދޫއަކީ ފުލުހުން ތިބޭ ރަށެއް ނޫން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް