ދިވެހިންގެ އުއްމީދީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފިއެވެ.
މި ޕާޓީ ހަދަން ހުއްދަ ދީފައިވަނީ މ، ރީފްސައިޑް، މުހައްމަދު ސައީދަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި ނުވަ ސިޔާސީ ޕާޓީއެއް އެބައޮތެވެ.
އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އާއި އެމްޑީއޭ އާއި އެމްޓީޑީ އަދި ޕީއެންސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް