ގަވާއިދާ ޚިލާފަށް ނަގާފައިހުރި ގިނަ އަދަދެއްގެ ވެލި ބަސްތާތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ މިއީ އައްޑޫސިޓީ ހިތަދޫ އަތިރިމަތިން ގަވާއިދާ ޚިލާފަށް ނަގާފައިހުރި ވެލި ބަސްތާތަކެއް ކަމަށެވެ. އަދި އެތަނުގައި 122 ބަސްތާ ވެލި ހުރި ކަމަށެވެ.
އެ ވެލި ބަސްތާތައް ފޮރުވާފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 06:00 ހާއިރު، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް