ގއ. ކޮލަމާފުށީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 62 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެއީ ދިވެއްސެއް ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 17:55 ހާއިރު އޭނާގެ ޚަބަރެއް ނުވެގެން ގޮސް އޭނާ ދިރުިއުޅޭ ގެ ބެލިއިރު އެގޭ ކޮޓަރި ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެގޭގައި ދިރިއުޅެމުންދިޔައީ އޭނާ އެކަނި ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް