ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލެވޭނީ މި ރާއްޖެއިން ލާދީނީ ފިކުރުވެސް ނައްތާލެވިގެން ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލެވޭނީ ލާދީނީ ފިކުރުވެސް ނައްތާލެވިގެން ކަމަށާއި އެއީ ވަރަށް ބޮޑަ ގުޅި ލާމެހިފައިވޭ ދެ ފިކުރެއް ކަމަށެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ “ފިއަވަތި” މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހަނގުރާމަޔާ ޖިހާދުގެ ނަމުގައި ސީރިޔާއަށާ އިރާގަށާ އަފްގާނިސްތާނަށް މީހުން ދާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގައި އޮތް ކަމެއް ކަމަށެވެ. އަދި ސަރުކާރުން ތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން ކަމަށެވެ. ހަރުކަށި ވިސްނުމުގެ ފިކުރުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް