ރޭ ދަންވަރުގެ ވަގުތެއްގައި ލ. ގަމު ތުނޑީ ގެއަކަށްވަދެ ދެ އަންހެނަކު ރޭޕް ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭ 02:30 ހާއިރު ލ. ގަން ތުނޑީ ގެއަކަށް ދެމީހަކު ވަދެ އެ ގޭގައި އުޅޭ އަންހެނުންނަށް ބިރުދައްކައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށްބުނެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އެ ގޭތެރެއިންނެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް