އަހަރު ނިމެން އުޅެނިކޮށް އޭޑީކޭ ޖީޓީ ޓީ ޔުނިޓުން ރިލީޒްކުރި "އިންޑަހޮޓާ" ޗާޓުގެ އެންމެ އުހަށް

މި ހިނގާ 2019 ވަނަ އަހަރު ނިމެން ދެން މިއޮތީ މަދު ދުވަސްކޮޅެކެވެ. އަހަރު ނިމެން ދެން ބާކީ 14 ދުވަސް އޮތް އިރު މި 2019 ގައި އަޅުގަނޑުމެންނަށް މިވަނީ އެތަކެއް އައު ވީޑިއޯ، އޯޑިއޯ ލަވަތަކާއި ވީޑިއޯ އޯޑިއ...

17 Dec 2019 | 05:14

މި ހިނގާ 2019 ވަނަ އަހަރު ނިމެން ދެން މިއޮތީ މަދު ދުވަސްކޮޅެކެވެ. އަހަރު ނިމެން ދެން ބާކީ 14 ދުވަސް އޮތް އިރު މި 2019 ގައި އަޅުގަނޑުމެންނަށް މިވަނީ އެތަކެއް އައު ވީޑިއޯ، އޯޑިއޯ ލަވަތަކާއި ވީޑިއޯ އޯޑިއޯ އިސްތިހާރުތައްވެސް ފެނިފައެވެ.

މުޅި އަހަރު ފެނި، އިވިގެންދިޔަ އޯޑިއޯ، ވީޑިއޯ ލަވަތަކާއި ވީޑިއޯ އޯޑިއޯ އިސްތިހާރުތައް ފަނޑުކޮށްލައި އަހަރު ނިމެން ގާތްވެފައިވަނިކޮށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޓީ ޔުނިޓުން ނެރުނު ވީޑިއޯ އިސްތިހާރު "އިންޑަހޮޓާ" މިވަނީ ހަމަ އެންމެ 24 ގަޑިއިރުގެ ތެރޭގައި ޗާޓުގެ އެންމެ އުހަށް ދަތުރުކޮށްފައެވެ.

ބައިނަލްއަގްވާމީ ސައިގެ ދުވަސް ގޮތުގައި 2005 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ޑިސެމްބަރު 15 ވަނަ ދުވަހު އާންމު ކުރި ވީޑިއޯ މި އިސްތިހާރު 24 ގަޑިއިރުގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުން ޝެއަރކޮށް 200 އަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. ވިއުސް ދަނީ ހާހުން ހާހަށް ފަތި އަޑު ކިޔާފައި މައްޗަށެވެ. މިއީ ހަމަ ގައިމުވެސް މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވީޑިއޯ އިސްތިހާރަކަށް މި އަހަރު ނުލިބޭހާ ބޮޑު އެންގޭޖްމަންޓަކަށް ވެގެންދާނެއެވެ.

ކުރުކޮށް ފޮނިކޮށް ބުނާނަމަ ޓީ ޔުނިޓްގެ "އިންޑަހޮޓާ" ލަވައިން ބުނެދެނީ ޓީ ސިޕްސް ކަޅުސައި ނުބޮއެ ދޫކޮށްނުލާންވީ ސަބަބުތައް ގިނަ ކަމެވެ. ކަޅުސައި މަދިއްޔާ އެޑްމިޓް ކޮށްފާނެކަމެވެ. ވައިވެގެން ނުތެޅި އެކުގައި ގޮސް ސައިތައްޓެއް ބޯލާންވީ ކަމެވެ. ގިރާލަން ފަސޭހަވާނެ ކަމާއި އަގުވެސް ހެޔޮވީމަ އެންމެން ހެނދުނާ ހަވީރުވެސް ޓީ ސިޕްސް ކަޅުސައި ބޯންވީކަމެވެ. އަދި ބޮމްބޭ ޓީ ބޯ ހިތްވަންޏާ ހަމަ ކިރު، މީރު ކިޔާ އެއްކޮށްލަންވީ ކަމެވެ.

ޓީ ޔުނިޓްގެ އިންޑަހޮޓާގެ މިއުޒިކަށް ބަލާލާއިރު މިއީ މަޝްހޫރު އެމެރިކަން ރެޕަރ 50 ސެންޓްގެ ގެޓް ރިޗް އޮރ ޑައި ޓްރައިން އަލްބަމްގެ ލަވައެއް ކަމުގައިވާ "އިން ޑަ ކްލަބް" މި ލަވައިގެ މިއުޒިކަށް ރެޕް ދިވެހި ޅެމަކާއެކު ކިޔާފައިވާ ލަވައެކެވެ. އޭޑީކޭ ޖީޓީގެ ޓީ ޔުނިޓުން "އިންޑަހޮޓާ" ރިލީޒްކޮށްފައިވާއިރު 50 ސެންޓްގެ "އިންޑަކްލަބް" ރިލީޒްކޮށްފައިވަނީ އޭނާ އޭރު ނިސްބަތްވާ "ޖީ-ޔުނިޓް"އިންނެވެ. 50 ސެންޓްގެ އެ ލަވައަށް ދިވެހި ރަހައެއް ލައްވާލާފައިމިވަނީ ރެޕަރ 50 ލާރިއެވެ.

އޭޑީކޭ ޖީޓީ ޓީ ޔުނިޓްގެ "އިންޑަހޮޓާ" ލިރިކްސް

ޔޭ

އިން ޑަ ހޮޓާ

ފަންސާސް ލާރި

ޓި ޓި ޓި ޓީ ޔުނިޓް

ބޯ ބޯ ބޯ ބޯ ބޯ ބޯލާ ސައި، ފަތް މި ބޯށޭ

ފެނާ ހަކުރާއި ސައި، ފަތް މި ބޯށޭ

މަދިއްޔަ އެޑްމިޓް ކޮށްފާނެ ސައި، ފަތް މި ބޯށޭ

ގިރަންޏަ ގިރާލާފަވިމިސައިފަތް ބޯށޭ

ނުތެޅެ ވެގެން ވައި، އާދެ ބޯލަން ކަޅު ސައި

ކަޅު ސައި މި ބުއީމަ ޖެހޭނެ ހަމަ ގައިމު

އަގުވެސް ހެޔޮ ޓީ ސިޕްސްއެ މި ކަޅު ސައި

މި ފަތް ނުވާނެ ވައި، ފިލުވަން ބަނޑުހައި

ވާނެ ދުޅަ ދުވިޔަސް ވަސް މީތި އެހާވެސް މީރު، ބޯށެ ޓީސިޕްސް ކަޅު ސައި

އެންމެން ހެނދުނާ ހަވީރު އަގުވެސް ހެޔޮވީމަ، ބޮވޭ ނުވޭ ލުޔެއް ޖީބު

ބޮމްބޭ ބޯހިތްވަންޏާ ދޮންބޭ އެއްކުރާށޭ މިއަށް ކިރު، މީރު ކިރު

ދިވެހި ޒުވާނުންގެ މެދުގައި ދިވެހި ރެޕް ލަވަތައް އިންތިހާއަށް މަގްބޫލުވެފައިވާ ދަނޑިވަޅެއްގައި އޭޑީކޭ ޖީޓީ ޓީ ޔުނިޓުން މި ދޫކޮށްލީ ދިވެހިންނަށް ކަމުދާފަދަ ވަރަށްވެސް ތަފާތު އިސްތިހާރެކެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއްވާގޮތުގައި ޓީ ސިޕްސް އަކީ ތަފާތު ގިނަ ރަހަތައް އެކުލެވޭ "ޕިޔޯރ ސެލޯން" ސައިފަތެކެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އަންނަނީ ޓީ ސިޕްސްގެ ކަޅު ސައިގެ އިތުރުން ސްޓްރޯބެރީ، ލެމަން އަދި މަސާލާ ޗާއިވެސް އިމްޕޯޓްކޮށް މާކެޓް ކުރަމުންނެވެ. ޓީ ސިޕްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރ އަކީ އޭޑީކޭ ޖެނެރަލް ޓްރޭޑިން އެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ޓީ ސިޕްސްގެ އުފެއްދުންތައް ރާއްޖެ އިމްޕޯޓްކޮށް މާކެޓް ކުރަން ފަށާފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ.

ޓީ ސިޕްސް ބްރޭންޑްގެ ސައިފަތަކީ 1989 އިން ފެށިގެން އުފައްދަމުން އަންނަ ސައިފަތް ބްރޭންޑެކެވެ. މިހރު މި ބްރޭންޑަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ސައިފަތް ބްރޭންޑްވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް