ޒުމްބާއިން ދުރުހެލިވުން ބުއްދިވެރި – އެނޫން ކަސްރަތުތައް އެބަހުރި: ޑރ. އިޔާޒް

ކަސްރަތާ ދުޅަހެޔޮކަމުގެ ވައްޓަފާޅީގެ ވައްތަރެއް ކަމުގައިވާ ޒުމްބާއާއި ދުރުހެލިވުން ބުއްދިވެރިކަމުގައި ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ވިދާޅުވ...

17 Nov 2025 | 03:53
ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް -

ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް -

ކަސްރަތާ ދުޅަހެޔޮކަމުގެ ވައްޓަފާޅީގެ ވައްތަރެއް

ކަމުގައިވާ ޒުމްބާއާއި ދުރުހެލިވުން ބުއްދިވެރިކަމުގައި ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް

ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ވިދާޅުވީ

އިސްލާމިކް ނޮލެޖް ވައިބަރގްރޫޕްސްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އަހާފައިވާ ސުވާލު:

ޒުމްބާ އެކްސަސައިޒް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ

؟ މީ މިއުޒިކް ހަދައިގެން ބޭނުންކުރާ އެކްސަސައިޒެއް ވީމަ !

ޑރ. އިޔާޒްގެ ޖަވާބު:

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ އަރަހުށި

މާތް އިލާޙްގެ ރަޙްމަތާއެކު އެ ނޫންވެސް ކަސްރަތުތައް އެބަހުރި ކަމަށާއި، ވީމާ

އެފަދަ ކަންތައްތަކުން ދުރުހެލިވުން ބުއްދިވެރި ކަމަށެވެ.

އިސްލާމިކް ނޮލެޖް ވައިބަރގްރޫޕްސް އަކީ ދީނީ ސުވާލުތަކަށް

ޖަވާބުދިނުމަށް އުފައްދާފައިވާ ޕްލެޓްފޯމެކެވެ.

އެ ޕްލެޓްފޯމްގެ ލިންކް:

https://invite.viber.com/?g2=AQAokZeYKMachUhexngr1SJRqKc1U0914YdnjiTrmNUK4RxZhVGOG0L5baHDKMUI

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް