އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގާ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ސަރުކާރުން އާންމުކޮށްފިއެވެ.
ސަރުކާރުން އާންމު ކުރި ރިޕޯޓް ތިރީގައިވާ ލިންކުން ފެނިލައްވާނެއެވެ.
މި ރިޕޯޓް ސަރުކާރުން މިއަދު އާންމުކޮށްފައިވާއިރު މި ރިޕޯޓް އެ ކޮމިޝަނުން އެންމެ ފުރަތަމަ އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމަނިކުފާނު ވަނީ މި ރިޕޯޓް ކަމާގުޅުންހުރި މުއައްސަސާތަކަށް ހިއްސާކޮށްފައެވެ.
މި ރިޕޯޓުގެ ހުލާސާއެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމުގައި އިއްވެވިއެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ކިޔާ މީހަކާއި ތ. އަތޮޅު އޮމަދުއަށް ނިސްބަތްވާ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ރިޕޯޓްގައި ވެއެވެ. އަދި އަވަހާރަކޮށްލުމުގެ ކަންކަން ރާވާ ހިންގި ފަރާތަކީ އަޒްލިފް ރައުފް ކަމަށާއި އަފްރާޝީމަށް ހަމަލާދިނި ހުސެއިން ހުމާމާއި އަލީ ޝާން އާއި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.
އެ ތިން މީހުންގެ ތެރެއިން ހުމާމަށް މަރުގެ ހުކުމް އިއްވައި އެ ހުކުމްތައް މަތީ ކޯޓުތަކުންވެސް ދަމަހައްޓާފައިވާއިރު ޝާން އާއި ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ. ޝާން އަކި މިހާރު ވެރިކަންކުރާ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަޒްލިފް ސީރިޔާއަށް ގޮސް ޖިހާދު ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް