މަރަދޫ ބަނދަރު ބޭރު ތޮށި ހެދުމުގެ މަޝްރޫއު، އެމްޓީސީސީގެ ސީއީއޯ އިފްތިތާހް ކޮށްދެއްވައިފި

ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަޝްރޫއު ސީ.އީ.އޯ ހަސަން ޝާހް އިއްޔެ އިފްތިތާތް ކޮށްދެއްވައިފިއެވެ. އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ، އެކަމަށްޓަކައި ސ. މަރަދޫގަ...

17 Nov 2019 | 11:00

ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަޝްރޫއު ސީ.އީ.އޯ ހަސަން ޝާހް އިއްޔެ އިފްތިތާތް ކޮށްދެއްވައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ، އެކަމަށްޓަކައި ސ. މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 28،247،365.48 ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ 30 ޖޫން 2019ގައެވެ.

މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ބަނދަރު ފަޅީގައި 276 މީޓަރަށް އެލް ބްލޮކް ޖައްސަލައި، އަދި މޫދާވީ ފަރާތް 340 މީޓަރަށް ބޮޑު ހިލަ ޖެހުން ހިމެނޭ ކަމަށާއި އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމަށް ހިމެނޭ ކަމުގައި އެމްޓީސީސީން ބުނެއެވެ. އަދި ބޭރުތޮށީގައި ގައު އެތުރުމާއި ބަނދަރު ބައްތިޖެހުން ހިމެނޭ ކަމުގައިވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާޓުގައި އެމްޓީސީސީގެ އިސް ވެރިންނާއި މަރަދޫގެ ރައްޔިތުން ބައިވެރިވިއެވެ.

އައްޑޫ ސިޓީގައި ހަތް މަސްރޫއެއްގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ހަވާލުވެފައިވެއެވެ. .މި މަޝްރޫއުތަކަކީ ބަނދަރު ހެދުމުގެ ތިން މަޝްރޫއާއި، މަގު ހެދުމުގެ އެއް މަޝްރޫއާއި މަގު ހެދުމުގެ އެއް މަޝްރޫއާއި، ފުޓްބޯޅަ ދަނޑު ސަބް ބޭސް ހެދުމުގެ ދެ މަޝްރޫއާއި އަދި ސިވަރޭޛް ފެސިލިޓީސް ގާއިމް ކުރުމުގެ އެއް މަޝްރޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް