ޅ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުމުންދިޔަ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު މަރުވެފައިވަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރިއެކެވެ.
"މި ހާދިސާ ހިނގުމުން ރިސޯޓްގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ނާންގާ ފަތުރުވެރިޔާ ސީޕްލޭނަކަށް ލާފައި މާލެ ފޮނުވާލުމަށްފަހު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލަށް ގެނައިއިރުވެސް ފަތުރުވެރިޔާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް