ލަންކާގެ އިންތިހާބީ ރައީސަށް ރައީސް ސޯލިހް މަރުހަބާ ދަންނަވައިފި

ލަންކާގެ ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ގޮޓަބަޔާ ރާޖަޕަކްސައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ. ރައީސް ސޯލިހް، ލަންކާގެ އިންތިހާބ...

17 Nov 2019 | 07:42

ލަންކާގެ ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ގޮޓަބަޔާ ރާޖަޕަކްސައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް، ލަންކާގެ އިންތިހާބީ ރައީސް ގޮޓަބަޔާއަށް މަރުހަބާ ދަންނަވާފައިވަނީ ޓްވިޓާގައި ގޮޓަބަޔާ ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ލަންކާގެ އައު ސަރުކާރާއެކު ދިވެހި ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އުންމީދުކުރައްވާކަމަށެވެ.

ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮޓަބަޔާ މިއަދު ހެނދުނު އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރެއްވިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރަމަދޭސާ ވަނީ ނާކާމިޔާބު ގަބޫލު ކުރައްވާ އެކަން އިއުލާނު ކުރައްވާފަ އެވެ. އޭނާ ވަނީ ގޮޓަބަޔާ އަށް މަރުޚަބާ ވެސް ދަންންވާފަ އެވެ.

އިންތިޚާބުން ބަލިވުމުން ސަޖިތު ވަނީ ޔޫއެންޑީޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ލަންކާގައި އިއްޔެ ބޭއްވި އިންތިޚާބުގައި ގާތްގަނޑަކަށް 16 މީލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އޭގެތެރެއިން ވޯޓުލާފައި ވަނީ 80 އިންސައްތަ މީހުން ކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. މިއަދު ހަވީރުގެ ވަގިތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް