މިދިޔަ ހަފްތާ 43 އެކްސިޑެންޓް، 12 މީހަކަށް އަނިޔާވި

މިދިޔަ ހަފްތާ މާލެ ސަރަހައްދުގައި 43 އެކްސިޑެންޓް ހިނގައި، 12 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސ...

17 Nov 2019 | 06:07

މިދިޔަ ހަފްތާ މާލެ ސަރަހައްދުގައި 43 އެކްސިޑެންޓް ހިނގައި، 12 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ ވަނީ 43 އެކްސިޑެންޓެއް ހިނގާފައެވެ. އެއީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިމަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 13 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އެކްސިޑެންޓްގައި ނިޔާވީ، ކ. ތުލުސްދޫއަށް އުފަން ފާތިމަތު އަންޖުމް ޝަފީގެވެ. އަންޖުމް ނިޔާވީ އޭނާގެ މަންމައާއެކު ސައިކަލުގައި ދަނިކޮށް ބުރިޖުން ހުޅުމާލެއަށް ފައިބާ މަގުގައި ފަހަތުން އައި ބަހަކުން އެ ސައިކަލުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ވުމާއެކު އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ލައިސަންސް ކާޑު ނެތި ދުއްވި 40 މީހަކު އަދި ލައިސަންސް ނެތި ދުއްވި 67 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، އެކްސިޑެންޓްތަކާއި ގުޅިގެން ހަތް މީހެއްގެ ލައިސަންސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މީގެއިތުރުން ހެލްމެޓް އަޅަން ޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް ނާޅާ ދުއްވި 12 މީހަކާއި، ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވި 13 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް