ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ހަވާލުކުރި މީހުންގެ މައުލޫމާތުވެސް ހާމަކޮށްފިއެވެ.
މި މައުލޫމާތު ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކުރީ މަރު ކޮމިޝަނުން ނިންމައި ރައީސަށް އެރުވި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައިވާއިރު އެ ރިޕޯޓްގެ ހުލާސާއެއް އިއްވަމުންނެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ކިޔާ މީހަކާއި ތ. އަތޮޅު އޮމަދުއަށް ނިސްބަތްވާ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ރިޕޯޓްގައި ވެއެވެ. އަދި އަވަހާރަކޮށްލުމުގެ ކަންކަން ރާވާ ހިންގި ފަރާތަކީ އަޒްލިފް ރައުފް ކަމަށާއި އަފްރާޝީމަށް ހަމަލާދިނި ހުސެއިން ހުމާމާއި އަލީ ޝާން އާއި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.
އެ ތިން މީހުންގެ ތެރެއިން ހުމާމަށް މަރުގެ ހުކުމް އިއްވައި އެ ހުކުމްތައް މަތީ ކޯޓުތަކުންވެސް ދަމަހައްޓާފައިވާއިރު ޝާން އާއި ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ. ޝާން އަކި މިހާރު ވެރިކަންކުރާ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަޒްލިފް ސީރިޔާއަށް ގޮސް ޖިހާދު ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް