އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް އޮޕްރޭޝަން ސެންޓަރ ރައީސް ހުޅުއްވައިދެއްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރ...

17 Nov 2019 | 05:08

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އަލަށް ހުޅުވި މި ސެންޓަރަކީ އެމްއެންޑީއެފް އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް، ޒަމާނީ ޓެކްނޮލޮޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓަރ ކުރެވޭނެ ނިޒާމާއެކު އަޕްޑޭޓްކުރެވިފައިވާ މަރުކަޒެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންގެ އިތުރުން އެމް.އެން.ޑީ.އެފް. މާލޭ އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް