ރާއްޖޭގައި ނެތިސް އަފްރާޝީމްގެ މަރުގެ ރިޕޯޓް އާންމުކުރާތީ ހިތާމަކުރަން- ހުސްނުއް ސުއޫދު

ރާއްޖޭގައި ނެތިސް ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގައި އާންމުކުރ...

17 Nov 2019 | 04:32

ރާއްޖޭގައި ނެތިސް ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގައި އާންމުކުރާތީ ހިތާމަކުރައްވާ ކަމަށް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، އޭނާ ގައުމުގައި ނެތިސް މަޖިލީހުގައި ޚުލާސާ ރިޕޯޓު އިއްވި ނަމަވެސް ރާއްޖެ އައުމަށްފަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އަދި އެކޮމިޝަނުން މީހާތަނަށް ހޯދާފައިވާ ހޯދުންތައް އާންކޮށް، ރައްޔިތުންނަށް ގޮތެއް ނިންމުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓުގައި ހާމަކުރައްވާފައި ވެއެވެ.

https://twitter.com/hsuood/status/1195865798528491521

މިއަދު ބާއްވާ މަޖިލީހުގެ 66 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ޚުލާސާ ރިޕޯޓް އިއްވަވާނެ ކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރުކޮމިޝަނުން އެކުލަވައިލި ރިޕޯޓުގެ ބައެއް ބައިތައް އާންމުވެފައިވާއިރު، އެމަނިކުފާނު އަވަހާރަކޮށްލީ އެމަނިކުފާނާއި ދެކޮޅުވެރި ޖަމާއަތަކުން ދީނީ ހިލާފުތަކަކާ ހުރެކަމަށް ހާމަވެފައިވެއެވެ. މީގެއިތުރުން  އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ ބަޔަކަށް ‘ސުޕާރީ’ ދީގެން ކަމަށްވެސް އެރިޕޯޓުން ހާމަވެއެވެ.

އެ ރިޕޯޓުން އިތުރަށް ހާމަވާގޮތުގައި، ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ އެކަމުގައި އަމަލީ ގޮތުން 3 މީހެއް ބައިވެރިވި ނަމަވެސް، އެމަނިކުފާނު އަވަހާރާކޮށްލިކަން ޔަގީން ކުރުމަށް އިތުރު މީހުން ހަރަކާތްތެރިވި ކަމަށް އެރިޕޯޓުން ހާމަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް