މިސް ވޯލްޑް މަނޫޝީ ބޮލީވުޑަށް ތައާރަފްކުރާ ފުރަތަމަ ފިލްމް އަންނަ އަހަރު

2017 ވަނަ އަހަރުގެ މިސް ވޯލްޑް، މަނޫޝީ ޗިލަރް އޭނާގެ ފުރަތަމަ ފިލްމަށް ސޮއިކޮށްފި އެވެ. މަނޫޝީ ސޮއިކޮށްފައި ވަނީ އަންނަ އަހަރުގެ ދިވާލީއަށް ނެރެން ހަމަޖެހިފައިވާ ޔަޝްރާޖް ފިލްމްސް އިން ގެނެސްދޭ 'ޕްރިތ...

17 Nov 2019 | 04:01

2017 ވަނަ އަހަރުގެ މިސް ވޯލްޑް، މަނޫޝީ ޗިލަރް އޭނާގެ ފުރަތަމަ ފިލްމަށް ސޮއިކޮށްފި އެވެ.

މަނޫޝީ ސޮއިކޮށްފައި ވަނީ އަންނަ އަހަރުގެ ދިވާލީއަށް ނެރެން ހަމަޖެހިފައިވާ ޔަޝްރާޖް ފިލްމްސް އިން ގެނެސްދޭ 'ޕްރިތުވީރާޖް' ފިލްމަށެވެ. ތާރީހީ ހަނގުރާމައެއްގެ މައްޗަށް ކުޅޭ މި ފިލްމުގައި މަނޫޝީ އާއި އެކީ ދެން ފެނިގެންދާނީ އަކްޝޭ ކުމާރް އެވެ.

ފިލްމުގެ ޝޫޓިންގ މިހާރު ފެށިފައިވާއިރު މަނޫޝީ ބުނީ، ބޮޑު ޕްރޮޖެކްޓެއް ބޮލީވުޑްގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ލިބުމުން ދެކުނު ހުރިހާ ހުވަފެންތަކެއް ސީދާވެއްޖެ ކަމަށެވެ.

މަނޫޝީ ބޮލީވުޑަށް ތައާރަފް ކުރާނީ އަކްޝޭ އާއި އެކީ ކަމަށް ކުރިންވެސް އަޑުތަކެއް ފެތުރުނެވެ. އޭނާ މި ފިލްމަށް ސޮއިކޮށްފައި މިވަނީ އެއަޑުތައް ތަންކޮޅެއް މަޑުވެފައިވާ ދުވަސްކޮޅަކުއެވެ. މި ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

1178-1192 އަށް އިންޑިއާގައި ރަސްކަންކުރެއްވި ޕްރިތުވީރާޖްގެ ވާހަކައަށް ކުޅޭ މި ފިލްމުގައި މަނޫޝީ ފެނިގެން ދާނީ އޭނާގެ އަންހެނުން ރާނީ ސަނިއޮގިތާގެ ރޯލުންނެވެ. އަކްޝޭ ފެނިގެންދާނީ ރާޖާ ޕްރިތުވީރާޖްގެ ރޯލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް