މަހުމޫދުގެ މަރާއި ގުޅޭ ވާހަކަތައް އެތަނަށް ގޮސް ސާލިމް ފުލުހުންނަށް ކިޔައިދީފި!

އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފައިވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅޭ ވާހަކަތައް އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ސާލިމް ކިޔައިދީފި އެވެ. މަހުމޫދު މަރާލާފައި އޮއްވަ ފެނުނ...

17 Oct 2021 | 16:08

އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފައިވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅޭ ވާހަކަތައް އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ސާލިމް ކިޔައިދީފި އެވެ.

މަހުމޫދު މަރާލާފައި އޮއްވަ ފެނުނީ މިދިޔަ ބުރާފަސްތި ދުވަހު މެންދުރު 2:30 ހާއިރު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލާފަ އޮއްވަ އެވެ. މަހުމޫދު ފެނުނީ އޭނާ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މެޗު ބެލުމަށް ފަހު ނުކުމެގެން ދިޔަ ގޮތައް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

ދަނގެތީގަިއ ހަރަކާތްތެރިވަމުންދާ "މިހާރު" ގެ ސީނިއާ ފޮޓޯ ޖާނަލިސްޓް ނިޝާން އަލީ އާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މެންދުރު ސާލިމް ގޮވައިގެން އޭނާ ދިރިއުޅުނު ނެދުންގެއަށް ފުލުހުން ގޮސްފައިވެ އެވެ. އަދި ފަހުން އެގެއިން ނުކުމެގެން ގޮސް މަހުމޫދު މަރާލުމަށް ފަހު ވައްޓާލާފައި އޮތް ވަޅުކައިރީވެސް ހަރަކާތްތެރިވި ކަމަށް ބުންޏެވެ.

އޭނާ ބުނީ ސާލިމް އިޝާރާތުން ފުލުހުންނަށް ވާހަކަތަކެއް ކިޔައިދިންތައް ފެނުނު ކަމަށެވެ.

އެކަމަކު ސާލިމް މި މައްސަލައިގަ ޝާމިލް ވާވަރާއި އޭނާ މަހުމޫދު މަރާލި ކަމަށް އެއްބަސްވި ކަމެއް އަދި ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެހެންކަމުން އޭނާ އެގަޑީގައި ފުލުހުންނަށް ކިޔައިދިނީ ކޮން ވާހަކަތަކެއް ކަމެއް އަދި ނޭނގެ އެވެ.

މި މައްސަލައިގަ ސާލިމް ހައްޔަރު ކުރީ އިއްޔެ އެވެ. އަދި ރޭގެ ވަގުތެއްގައި ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ވަނީ ސާލިމްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ސާލިމަކީ ނެދުންގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެގޭގައި އުޅޭ މީހެކެވެ. ފުލުހުން އިއްޔެ ސާލިމް ހައްޔަރު ކުރުމުގެ ކުރިން އެމީހާ ވަނީ އާއިލާގެ އެހެން ގެއަކަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް