ވިކީގެ "ސަރްދާން އުދަމް" ރިލީޒް ކުރި ރޭ ނުވާކަމަށް ހެދިގެން ކެޓްރީނާ ފާޑެއްގެ ޑްރާމާއެއް ކުޅެފި

ބޮލީވުޑްގައި އެންމެންނަން އެނގޭ އެކަމަކު ރަސްމީކޮށް ހާމަ ނުކުރާ ގުޅުމެއް ބާއްވަމުންދާ ދެ ތަރިންގެ ތެރޭގައި ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފް ހިމެނެ އެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކިތަ...

17 Oct 2021 | 13:11

ބޮލީވުޑްގައި އެންމެންނަން އެނގޭ އެކަމަކު ރަސްމީކޮށް ހާމަ ނުކުރާ ގުޅުމެއް ބާއްވަމުންދާ ދެ ތަރިންގެ ތެރޭގައި ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފް ހިމެނެ އެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކިތަންމެ ވަރަކަށް އެހިޔަސް އެއްބަހެއް ނުވެ އެވެ. ބައްދަލު ކުރަން އެކަކު އަނެކަކު ގެއަށް ދަނީވެސް ވަރަށް ސިއްރުން މީޑިއާއަށް ފިލައިގެންނެވެ.

އެހެންވެ އެ ދެމީހުންގެ ގުޅުން ގިނަ ބަޔަކަށް ވަރަށް ފިލްމީވެސް މެ އެވެ. އެފަދަ ކަމެއް އިއްޔެރޭވެސް ހިނގާފައިވާ ކަމަށް އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވެ އެވެ.

އިއްޔެ ރެއަކީ ވިކީގެ ފިލްމު "ސަރްދާރް އުދަމް" ރިލީޒް ކުރި ރެ އެވެ. އެ ފިލްމުގެ ކްރީނިން ބޭއްވި ހަފްލާއަށް ކެޓްރީނާ ގޮސް ހުއްޓެވެ. ނޫސްވެރިން ތިބީ އެ ހަފްލާ އޮތް ތަނުގެ ބޭރުގައި ކަމަށްވާއިރު އެތެރޭގައި ކަން ހިނގާގޮތް ބިއްލޫރި ދޮރުތަކުން ފެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކެޓްރިނާ އެ ހަފްލާއަށް ދިޔައީ ވިކީ އާއި އެކުތޯ ސުވާލު ކުރުމަށް އެކަމަށް އޭނާ ދެކޮޅު ހެދިއެވެ. އެކަމަކު އެތެރެއަށް ވަނުމަށްފަހު އެންމެ ފުރަތަމަ ބައްދާލާފައިވަނީ ވިކީ ގައިގަ އެވެ.

އޭގެ ފަހުން އެތެރޭގައި ޑައިރެކްޓަރުންނާއި ފިލްމީ ތަރިން ވާހަކަދައްކަން ބޮނޑިބޮޑިއަށް ތިބި އިރުވެސް ކެޓްރީނާ އާއި ވިކީ އެއްކޮށް ނުތިބެ އެވެ. ދެމީހުން އުޅެނީ ވަރަށް ވަކިންނެވެ.

ކެޓްރީނާ އެ ހަފްލާ ނިންމުމަށް ފަހު ގެއަށް ދިޔައީވެސް އެކަންޏެވެ. ވިކީ އާއި އެކު ދެމީހުން އެކުގައި އެ ހަފްލާގެ ތެރެއިން އެންމެ ވަގުތުކޮޅެއްވެސް ހޭދައެއް ނުކުރެ އެވެ.

ގިނަ ބަޔަކު ސިފަ ކުރީ އެއީ ކެޓްރީނާ އެތަނުގައި ގުޅުން ޔަގީން ނުކޮށްދޭންވެގެން ކުޅުނު ޑްރާމާއެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް