ވިލާ ކޮލެޖާއި މޯލްޑިވިއަން ގުޅިގެން އިންޓާންޝިޕް ޕްރޮގުރާމެއް!

ވިލާ ގުރޫޕްގެ ދަށުން ހިންގާ ވިލާ ކޮލެޖުގެ ދަަރިވަރުންނަށް މޯލްޑިވިއަން އިން މަސައްކަތު ތަޖުރިބާ ދިނުމަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރ...

17 Oct 2021 | 12:56

ވިލާ ގުރޫޕްގެ ދަށުން ހިންގާ ވިލާ ކޮލެޖުގެ ދަަރިވަރުންނަށް މޯލްޑިވިއަން އިން މަސައްކަތު ތަޖުރިބާ ދިނުމަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ވިލާ ކޮލެޖުން ކުރިއަށްގެންދާ ރިޒަވޭޝަން އެންޑް ޓިކެޓިންގ ސެޓްފިކެޓް ލެވެލް 3ގެ ކޯސް ހަދާ ދަރިވަރުންނަށެވެ.

މި ކޯސް ހަދާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ތަޖުރިބާ މޯލްޑިވިއަން އިން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމެއްގައި އެއާލައިން އޮޕަރޭޓްކުރާ ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަނާއެކު ވިލާ ކޮލެޖުން މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ.

ވިލާ ކޮލެޖަކީ ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއްދޭ ކޮލެޖެކެވެ، އެގޮތުން މިހާތަނަށް އައިއިރުވެސް އިންޖިނިއަރިންއާއި، އިލެކްޓްރޯނިކްގެ ދާއިރާތައްފަދަ ދާއިރާތަކުން މީހުން ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް