އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމުން އެ މަޤާމުގައި ހުންނެވި ހަސީބް އިސްމާއިލް ވަކިކޮށްފިއެވެ. މަ
ޤާމުން ވަކި ކުރި އިރު ހަސީބް ހުންނެވީ ސިވިލް ސާވިސް ކޮމިޝަން އިން ބަލަމުން ދިޔަ މައްސަލައެއްގައި ސަސްޕެންޝަންގައެވެ. ހަސީބް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޤާމުން ވަކިކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެެއްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އެހެން އިދާރާ ތަކުގެ ހިންގުމުގައި ގިނަ މައްސަލަތަކެއް އުޅޭކަމަށް ފާހަގަ ކޮށް ހަސީބް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެސިޓީއާއި ބެހޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވަނީ ހަސީބް އާއި މެދު ބޮޑެތި މައްސަލަ ތަކެއް ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމުގައި ދިމާވެފައިވާ ކަމުގައެވެ.
މިގޮތުން، މުވައްޒަފުންނާއި މުޢާމަލާތް ކުރާ ގޮތާއި، ބައެއް މުވައްޒަފުންނަށް ބިރު ދައްކާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ފާހަަގަ ވާން ފެށުމުން ހަސީބް އަށް ނަސޭހަަތް ދެއްވި ކަމަށެވެ. ދެފަހަރު ނަސޭހަތް ދެއްވުމުންވެސް އިސްލާހް ކުރަން ނޫޅެ ހަސީބް އެކަމާ ހިތްހަމަނުޖެހިފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ. އިސްލާހް ނުވުމުން އެންމެ ފަހުން ސިވިލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށަހެޅީ ކަމަށް މިނސްޓަރު ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން އިސްތިއުފާ ދެއްވަން މަޖުބޫރު ނުކުރާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް