ޕްރޮގްރެސިވް ކޯލިޝަނުން "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަނީ

ޕްރޮގްރެސިވް ކޯލިޝަނުން "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ. އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ "މިނިވަންކަމުގެ ހިނ...

17 Oct 2021 | 11:40

ޕްރޮގްރެސިވް ކޯލިޝަނުން "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ "މިނިވަންކަމުގެ ހިނގާލުން" ގެ ނަމުގައި ބާއްވާ ސުލްހަވެރި ހިނގާލުން އޮންނާނީ މި އޮކްޓީބަރ މަހުގެ 22 ވާ ހުކުރުދުވަހު ހަވީރު 4 ޖަހާ އިރު ކަމަށެވެ.

މި ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް މައޫލުމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއް ކަމަށެވެ.

"މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ވަނީ ކޮށްފަ. މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއް." ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިނގާލުން ބާއްވާނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް