ދަނބިދޫގެ ރައްޔިތުން ބޭނުންވާ ކަންކަން ނައިބު ރައީސް ފައިސަލްއާ ހިއްސާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ލ. ދަނބިދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވާލައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނ...

17 Oct 2021 | 11:00

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ލ. ދަނބިދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވާލައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ލ. ދަނބިދޫގެ ރައްޔިތުންގެ ފަރާތުން ކައުންސިލގެ މެމްބަރުން ވަނީ ރަށުގެ ތަރައްޤީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކައުންސިލް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމަށް ވިދާޅުވެ، ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ކައުންސިލަރުން ހިއްސާކުރެއްވެވިއެވެ.. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ހުރިހާ އުމުރުފުރައަކަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްގެ ބޭނުން ޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ދަނބިދޫގެ ކައުންސިލަރުން އިތުރަށް ވިދާޅުވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި އިންޖީނުގޭގެ މައްސަލަތައް އަދި ފެނާއި ނަރުދަމާގެ އިތުރުން ރަށްގިރުމުގެ މައްސަލަ ފާހަގަކުރެއްވެވިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މަޢުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް