ސަނީ ލިއޯން އަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނޭ ފަންނާނެއް ނޫނެވެ. ފިލްމު ކުޅުމުން ފެށިގެން ފެޝަން ޝޯވތަކާއި ނެށުމުގެ ދާއިރާގައި ވެސް އޭނާއަކީ ފުންނާބު އުސް ފަންނާނެކެވެ.
ޚާއްސަކޮށް ސަނީ ލިއޯންގެ ހެދުން އެޅުމުގައި ބޭނުންކޮށްފައި ހުންނަ ގޮތްތަކަކީ ގިނަބައެއްގެ ހިތްތައް ދަމައިގަންނަ ގޮތްތަކެކެވެ. އޭނާގެ ބުރުސޫރައާ އެއްވަރަށް ރީތިކަން ހާމަކޮށްދެނީ އޭނާގެ އިސްކޮޅެވެ.
މި ހުރިހައި ކަމަކަށް ބަލާ އިރު، ސަނީ ލިއޯން އަކީ ހުރިހާ ދިމާލަކަށް ވެސް ފިޓުވާ ފަންނާނެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ތަފާތު އެކި ފެޝަންތަކުގެ އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ ސަނީ ލިއޯން މިފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯގެ ސަބަބުން ވެސް އުމުރުން 40 އަހަރުގެ ސަނީ ލިއޯންގެ ނާޒުކުކަން އިތުރަށް ހާމަ ވެއެވެ.
އޭނާގެ އިންސްޓަގްރާމުގައި ދޫކޮށްލި ދެ ފޮޓޯގައި ވެސް ވަނީ ޢާންމުކޮށް އޭނާ ބޭނުންކުރާ ހެދުން ނުވަތަ ޓީޝާޓުތަކަށް ވުރެ "ގަޔަށް ދޫ" ޓީޝާޓު ލާފަ އެވެ. ކޮނޑުމަތިން ތިރިއަށް ވެއްޓިފައިވާ ނުވަތަ ސޮއްސާލާފައިވާ މި ޓީޝާޓުގައި ވެސް ސަނީ ލިއޯންގެ ނަލަކަން ވަރަށް ރަނގަޅަށް އަންގައިދެއެވެ.
ތަންކޮޅެއް ކުރީގައި މި ގޮތަށް ގަދަށް ދޫ ޓީޝާޓު ބޭނުން ކުރިނަމަވެސް މިހާރު އެންމެބޮޑަށް ހިނގާ ފެޝަނަކަށް ނުވެ އެވެ. އެހެންނަމަވެސް ސަނީ ލިއޯންގެ މި ފެނިލުމާއެކު މިޒަމާނުގެ ފެޝަނަކަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސަނީ ލިއޯން ގެ އެ ދެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓުތަކުން ވެސް އެފަދަ ޢިޝާރާތެއް ބައެއް ފަރާތްތަކުން ވަނީ ކޮށްފަ އެެވެ. އެގޮތުން ބައެއް މީހުން ސަނީ ލިއޯން ގެ ރީތިކަމަށް ތައުރީފްކޮށްފައިވާ އިރު، އަނެއްބަޔަކު ބުނެފައިވަނީ އެ ފެޝަން އަދިވެސް ސަޅި ކަމަށެވެ.
އެހެންވީމާ މިއިންވެސް ހާމަވަނީ އޭނާ ހުރިހާ ކަނޑަކަށް ވެސް ފެތޭ ކަމެވެ. ހުރިހައި ފެޝަނަކަށް ވެސް ހިތްގައިމު ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް