ރާއްޖެއިން ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަރުވި އިރު އެމީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 238 ވަނަ މީހާ އެވެ. އަދި މިމަހު ބަލީގައި މަރުވި ހަތް ވަނަ މީހާ އެވެ.
ރާއްޖޭގައި ކޯވިޑްގެ އަދަދުތައް މި ފަހަކުން ހުރީ 100ގަ ހިފެހެއްޓިފަ އެވެ. ދޭތެރޭ ދޭތެރެ ދޭތެރެއިން 150 އާއި ދެމެދުގެ އަދަދަކަށް މީހުން ޕޮސިޓިވް ވިޔަސް އާންމު މިހާރު ދުވާލަކު ކޯވިޑް ޖެހޭ އަދަދު އުޅެނީ 100 ން ދަށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް