ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގެ ތުހުމަތުގައި ޕާކިސްތާނުގެ ގައުމީ ބޭންކުގެ ނައިބު ރައީސަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރީ ކޮން ނައިބު ރައީސަކު ކަމެއް އަދި ނޭނގެ އެވެ.
ފެޑެރަލް އިންވެސްޓިކޭޝަން އެޖެންސީން ކުރިޔަށް ގެންދާ ތަހުގީގުގައި އޭނާ ހައްޔަރު ކުރީ ޑޮލަރުގެ ވަގު ވިޔަފާރީގައި ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ރޭގެ ވަގުތެއްގައި ނެޝަނަލް ބޭންކް އޮފް ޕާކިސްތާނުގެ ހެޑް އޮފީސް އެފްއައިއޭއިން ވަނީ ބަލާ ފާސްކޮށްފަ އެވެ.
އެތަން ބަލާ ފާސްކުރަން ހަމަޖެހުނުކަން އެނގުމާއި އެކު ބޭންކުގެ އިސް މަގާމުތަކެއްގައި ތިބި ތިން މީހަކު ފިލައިގެން ޕާކިސްތާނުން ބޭރު ވެފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.
އެފްއައިއީއިން އެ ތަހުގީގު ފެށީ ޕާކިސްތަނުގެ އެކި ސަރަހައްދުތަކުގައި ޑޮލަރުގެ ވަގު ވިޔަފާރިކޮށް ވަގު ޓްރާންސެކްޝަންތަކެއް ކުރިޔަށް ގެންދާ ކަމުގެ ރިޕޯޓު ލިބުމުންނެވެ. މި މައްސަލައިގަ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން އެތައް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
މިވަގުތު ޕާކިސްތާނު ސަރުކާޜުން އެންމެ އިސްކަން ދެނީ އެ ގައުމުގެ ރުޕީސްގެ އަގު ހިފެހެއްޓުމަށްކަމަށް ސަރުކާރުން ހާމަކޮށްފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް