ސަފާރީއެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޒުވާން މަސްވެރިޔާގެ ފައި ބިނދި އިތުރު އަނިޔާތަކެއް

ރާއްޖެއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގައި ރޭ ހުޅުމާލެ ކައިރިން އުރެންދިޔަ ސަފާރީއެއް ސަލަމަތް ކުރަން އުޅެނިކޮށް ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ ފައި ބިނދިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގ...

17 Oct 2021 | 07:45

ރާއްޖެއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގައި ރޭ ހުޅުމާލެ ކައިރިން އުރެންދިޔަ ސަފާރީއެއް ސަލަމަތް ކުރަން އުޅެނިކޮށް ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ ފައި ބިނދިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުރެން ދިޔަ ސަފާރީ އަކީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާލުން ފަޅުތެރޭަަގައި އަޅާފައި އޮތް ސަފާރީ އެކެވެ. ިހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު ބާރަ ޖަހާކަންހާއިރު އެވެ. ސާޖިންގެ ފައި ބިންދައިގެން ގޮސްފައިވަނީ ސަފާރީގެ ނަގިލި ކަހާލައިގެން ތޮށިގަނޑާ ދިމާއަށް ދާތީވެ، ސަފާރީ ތޮށިގަނޑާ ދިމާއަށް ދިއުމުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދަނިކޮށެވެ.

އެގޮތުން އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ވިއްސައިގެން ދިޔަ ވަލަކުން ޖެހިގެން އޭނަގެ ފައިގެ ދެތަނަކުން ވަނީ ބިނދިފައެވެ. އަދި އިތުރު ބައެއް އަނިޔާތައްވެސް ލިބިފައިވެއެވެ. ނަމަވެސް ސާޖިން ކުރި މަސައްކަތުން ސަފާރި ތޮށިގަނޑައް ލައްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރެވުނެވެ.

ގއ. ގެމަނަފުއްޓައް އުފަން ސާޖިން މަޝްހޫރު ވެފައިވަނީ އޭނާ ކުރާ މަސައްކަތާ ގުޅުވައިގެން ޒުވާން މަސްވެރިޔާގެ ނަމުންނެވެ. ސާޖިން ދަނީ މަސްވެރިކަމާއި ގުޅޭ އެތަކެއް ފޮޓޯއަކާއި ވީޑިޔޯ  އެއް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ.

މީގެ އިތުރުން ސާޖިން އަންނަނީ ރާއްޖޭގެ ގިނަ ބްރޭންޑުތަކުގެ އެމްބެސަޑަރު ކަންވެސް ކުރަމުންނެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރަކީ ވެސް ސާޖިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް