ސީގަލްގެ އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާން ނިއްވާލައިފި

ސީގަލް ފުޑްސް ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސުން ނިއްވާލައިފިއެވެ. މިއަދު މެންދުރު 12:00 ހާއިރު އަލިފާނުގެ ހާދިސާ ހިނގި މި އިމާރާތުގެ ނަމަކީ ގ...

17 Oct 2021 | 07:14

ސީގަލް ފުޑްސް ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސުން ނިއްވާލައިފިއެވެ.

މިއަދު މެންދުރު 12:00 ހާއިރު އަލިފާނުގެ ހާދިސާ ހިނގި މި އިމާރާތުގެ ނަމަކީ ގ. ތުނޑި އެވެ. އަލިފާން ރޯވީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

އެ ފަންގިފިލާއަކީ ސީގަލް ކުންފުނީގެ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ފަންގިފިލާއެކެވެ.

މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ބެލެވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް